exclusive heevee aanu gandeggai jehunuhen, dhen jehuny govvaalan - auditor general
DESCRIPTION
EXCLUSIVE - Heevee aanu gandeggai jehunuhen, dhen jehuny govvaalan - Auditor GeneralTRANSCRIPT
04 ޮނވެމްބަރ 2014 09:16
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަކީ މި ސަރުކާރުގެ ދެ ވަނަ އަށް އެންމެނުފޫޒުގަދަ އަދި ބާރުގަދަ ބޭފުޅާއެވެ. ރައީސް އަބްދުهللا ޔާމީންގެ އެންމެ އަރިސްއަދި އެ މަނިކުފާނު އެންމެ ޮބޑަށް އިތުބާރު ކުރައްވާ މިނިސްޓަރެވެ. އެހެންވެ،އަދީބުގެ ނުފޫޒުން ހިންގާފައިވާ ކަމަށް ތުހްމަތުކުރާ 100 މިލިއަނަށް ވުރެ ގިނަ
ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ފެންމަތިކުރުމަކީ އާދައިގެ ޮގތެއްގައި ދާނެ ކަމެއްނޫން ކަމަށް ޮއޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ކުރިން ވެސް ގަބޫލުކުރެއްވި އެވެ.ނަމަވެސް، ޮޑލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން 77.1 މިލިއަން ރުފިޔާ އާއިއެމްޓީޑީސީން އެއް މިލިއަން ޮޑލަރުގެ ޯލނެއް ނެގުމަށް ފަހު އެމްއެމްޕީއާރުސީންއަމިއްލަ ދެ ކުންފުންޏަކަށް ދޫކުރި އެ މައްސަލަ އެންމެ ފަހުން ޮއޑިޓަ ޖެނެރަލް
އިންޓަވިއު
އަދީބުގެ މައްސަލަތައް ބަލަން ފެށުމުން ހީވީ އާނުގަނޑެއްގައި ޖެހުނުހެން، ދެން ޖެހުނީ ޮގއްވާލަން:ނިޔާޒު
ހުސައިން ފިޔާޒު މޫސާ
ޮއޑީޓަ ޖެނެރަލް ނިޔާޒު އިބްރާހިމް އާދީއްތަ ދުވަހު "ހަވީރަ"ށް އިންޓަވިއު ދެއްވަނީ: އޭނާ މަގާމުން ވަކިކުރަން ސަރުކާރުންބޭނުންވަނީ އަދީބުގެ މައްޗަށް ތުހްމަތުކުރާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކަމަށް ވިދާޅުވި. -- ހަވީރު ޮފޯޓ: ނިޝާން އަލީ
މިދިޔަ ބުދަދުވަހު ވަނީ ފަޅައިއަރުވާލައިފަ އެވެ. އަދި އެ ރިޯޕޓް ނެރުއްވަންއުޅުއްވަނިޮކށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިޔާޒަށް މަގާމް ގެއްލިދާނެ ފަދަ
ޮގތަކަށް ޮއޑިޓް ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.
ތިރީގައި މިވަނީ އެކަމާ ގުޅޭޮގތުން އާދީއްތަ ދުވަހުގެ ރޭ ޮއޑިޓަ ޖެނެރަލް ނިޔާޒު"ހަވީރު"ގެ ހުސައިން ފިޔާޒު މޫސާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގެ މުހިންމު
ބައިތަކެވެ.
ޮއޑިޓަ ޖެނެރަލް އަލުން އައްޔަން ކުރަން ޖެހޭ ޮގތަށް ގާނޫނަށް ގެނައި އިސްލާހްތަސްދީގުކުރި ފަހުން ޮއޑިޓް ރިޯޕޓް ނެރުނީ ކީއްވެޯތ؟
މި ޮއޑިޓަކީ އިއްޔެއަކު މިއަދަކު ފެށި މަސައްކަތެއް ނޫން. މީގެ ދުވަސްގަނޑެއްކުރިން އަޅުގަނޑުމެން މީގެ މަސައްކަތް ފަށައިފިން. އޭރު ވެސް އަޅުގަނޑަށް
ހީވަނީ އެކި މީޑިއާގައި މި ޮއޑިޓްގެ މަސައްކަތް ކުރަމުންދާ ކަމަށް ވާނީފަތުރާފައި. އެހެންވީމާ އޭރުން ފެށިގެން މި މަސައްކަތް ދިޔައީ ކުރަމުން. ވަކިހިސާބަކުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުމުގެ ދަތިތަކެއް ކުރިމަތިވި. އޭގެތެރޭގައި އެންމެ ޮބޑަށް ފާހަގަޮކށްލަން ބޭނުންވަނީ ޯމލްޑިވްސް މާކެޓިން އެންޑް
ޕީއާރު ޯކޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި މީރާ. މިތިން ތަނުން އެއްޮގތަކަށް ވެސް މައުލޫމާތު ނުލިބެއޭ ދެންނެވިދާނެ.
...އެހެންވެ ފާއިތުވި ހަފުތާ ނޫން ކުރީ ހަފުތާގައި އަޅުގަނޑު އެމްއެމްޕީއާރުސީގެމެނޭޖިން ޑިރެކްޓަރާ ބައްދަލުކުރިން. އަދި އޭގެ އިތުރުން މީރާގެ ޮކމިޝަނާ
ޖެނެރަލާ ބައްދަލުޮކށްފައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް މައުލޫމާތުދޭން ހަނދުމަޮކށްދިނިން. އަދި މައުލޫމާތު ލިބުނަސް، ނުލިބުނަސް ބުރާސްފަތިދުވަހުގެ ނިޔަލަށް ރިޯޕޓް ނެރޭނެ ކަމަށް އެ ބޭފުޅުންނަށް އަޅުގަނޑު ވާނީ
ދަންނަވާފައި. އެހެންވެ މިއީކީ އެ ބޭފުޅުން އެ ބުނާ ޮގތަށް ބިލް ތަސްދީގު ކުރާތީނެރުނު ރިޯޕޓެއް ނޫން. [ގާނޫނަށް] އެ އިސްލާހު ގެނައީ މި ޮއޑިޓް ރިޯޕޓް
ގެންނަން އުޅޭތީ. އެ ބޭފުޅުން އެ ވިދާޅުވާ ޮގތަށް ބެކް ޑޭޓްޮކށެއް ނޫން ރިޯޕޓްތައްޔާރުކުރީ. ރޯިޕޓް ނިންމީ ޮއކްޯޓބަރު 29 ވަނަ ދުވަހުގެ ރޭ ވަރަށް ގިނަ އިރުމަސައްކަތް ޮކށްގެން. އަޅުގަނޑާއެކު ރިޯޕޓަށް މަސައްކަތް ކުރި މުވައްޒަފުންނަށް
އެނގޭނެ މި ރިޯޕޓާ ގުޅޭ ހުރިހާ ކަމެއް އެ ރޭ ނިންމިކަން. ނަމަވެސް މި ރިޯޕޓްވަގުތުން ނުނެރުނީ ރައީސް [ޔާމީން] ގެ އޮެޕއިންޓްމެންޓް ބުރާސްފަތި ދުވަހަށް
ޮއޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ޮކމިޓީގައި. -- ހަވީރު ފައިލް ޮފޯޓ: ނަސްރުهللا ޯސލިހް
[ޮއކޯްޓބަރު 30] އަށް ހަމަޖެހުމުން.
ރައީސް ޔާމިންގެ ބައްދަލުވުމުގައި ވިދާޅުވީ ކީކޭޯތ؟
ރައީސާ ބައްދަލުޮކށްފައި އަޅުގަނޑު ބުނީ މި ބައްދަލޮުކށްލީ މަނިކުފާނުގެ ކެބިނެޓްމިނިސްޓަރަކާ ގުޅޭ ހިޔާނާތުގެ ތުހްމަތުތަކެއް ހިމެނޭ ޮއޑިޓް ރިޯޕޓެއް ނެރޭތީވެ،އެވާހަކަ ދަންނަވާލުމަށޭ. ރައީސަށް ދެންނެވިން މިނިވަން މުއައްސަސާތަކުންނާއިޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ނުލިބުނު ވާހަކަ. އެކަމުގައި ރައީސް ދެއްކެވި
ވާހަކަތައް އަދި އަޅުގަނޑު ހިފަހައްޓާލާނަން.
މި ޮއޑިޓާ ގުޅޭ ޮގތުން ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރެއްވިންޯތ؟
މައުލޫމާތު ނުލިބިގެން ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރަން ވެސް އެދުނިން.ނަމަވެސް ދެއްވި ޖަވާބަކީ އެންމެ އަވަހަށް ވެސް ބައްދަލުޮކށްލަން ފުރުސަތު
ލިބޭނީ ޮނވެމްބަރު 13 އަށް ކަމަށް. އަދި މައުލޫމާތު ޯހދުމަށް ތަކުރާރުޮކށް ސިޓީވެސް ޮފނުވިން. ސިޓީ ޮފނުވިކަން [މިނިސްޓަރު އަދީބަށް] އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނޫން. މި ޮއޑިޓް މަސައްކަތްކުރިއަށްދާކަން އެނގިވަޑައިގަންނަވާތީ މިނިސްޓަރު އަދީބު އަޅުގަނޑަށް ގުޅުއްވާފައިނުސީދާ ޮގތުން އިންޒާރު ވެސް ދެއްވި. އަދީބު އަޅުގަނޑަށް ގުޅުއްވީ ރައީސާއެކު
އެންމެ ފަހުން ބެއިޖިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބެއިޖިންގައިހުންނަވާފައި. ގުޅުއްވާފައި ވިދާޅުވި، މަނިކުފާނު ހިންގާ ޮއފީހުގެ އުނދަގޫ
ޮބޑުވެގެން ތިމަންނާގެ ޮއފީހުގެ މަސައްކަތް ހުއްޓިފައޭ މިހާރު ޮއތީ. ތިމަންނަހީކުރީ ތީ ވަރަށް ޕްޮރފެޝަނަލް މީހެއް ކަމަށޭ ކުރިން. ނަމަވެސް މިހާރު
ޮއޑީޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ރޭ "ހަވީރަ"ށް އިންޓަވިއު ދެއްވަނީ.-- ހަވީރު ޮފޯޓ: ނިޝާން އަލީ
ތިމަންނައަށް އެނގިއްޖޭ ތިއީ ތިހާ ޕްޮރފެޝަނަލް މީހެއް ނޫންކަން.
...އަދީބު ދެއްވި ނިއުސް ޮކންފަރެންސްގައި ދެއްކެވި ވާހަކަތަކުން ވެސް އެނގޭމައުލޫމާތު ޯހދަން ސިޓީ ޮފނުއްވާކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަން.
އެއްފަހަރު ވިދާޅުވި ސިވިލް ސާވަންޓުންނޭ ސިޓީބިޓީ ގެންގުޅުއްވާނީ. އެހެންވީމާމައުލޫމާތު ޯހދަން ސިޓީ ޮފނުވާ ކަމެއް އެ މަނިކުފާނަށް އެނޑިވަޑައެއް
ނުގަންނަވާނޭ. އެކަމަކު އެ ވާހަކައާ ޖެހިގެން ވިދާޅުވި ކުރާ ޓްވީޓަކާ ގުޅިގެންއަޅުގަނޑު ސިޓީ ޮފނުއްވާ ވާހަކަ. އެބޭފުޅާ އެ ވިދާޅުވީ ހަގީގަތެއް ނޫންކަންމާތްهللا ދެނެޮވޑިގެންވާނެ. މައުލޫމާތު ނުދީ ހިފެހެއްޓީ ނޭނގިގެނެއް ނޫން،
ގަސްދުގައި.
ޮއޑިޓަ ޖެނެރަލް އަލުން އައްޔަން ކުރުމުގެ އިސްލާހުގެ އިތުރުން އެހެންއިސްލާހުތައް ވެސް އެބަހުރި ގާނޫނަށް ގެނެސްފައި. އެ އިސްލާހުތައް
ކިހިނެއްޯތ؟
ބަންޑާރަ ނާއިބު ފުރަތަމަ އިސްލާހު ހުށަހެޅުއްވީ ވެސް މި ޮއޑިޓްގެ މަސައްކަތްކުރިއަށް ދަނިޮކށް. އޭރު ވެސް ބަނޑާރަ ނާއިބަށް އަދި މާލިއްޔަތު ޮކމިޓީއަށާއިމަޖިލީހުގެ ރައީސަށް ދެންނެވިން ބޭރުގެ ޮކންސަލްޓެންޓުންގެ ޓީމަކުން ޮއޑިޓްގާނޫނު ޮއވަޯހލްކުރަމުންދާ ކަމަށް. އެހެންވީމަ މަޖިލިހުން ދެ މަސައްކަތެއް
ކުރެއްވުމުގެ ބޭނުމެއް ނެތެއް ނޫންހޭ. އެކަމުގައި ބަންޑާރަ ނާއިބު ވިދާޅުވީ ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރުމުންނޭ ބިލް ހުށަހެޅީ. އޭރު އަޅުގަނޑު ހޮީކށްގެން
ހުރީ ހޮެޔ ނިޔަތުގައި ގެންނަ އިސްލާހުތަކެއް ކަމަށް. ނަމަވެސް މިޮގތަށްމިކަންތައް ދިމާވީމާ އެބަ ވިސްނޭ އޭރު ވެސް އެ އިސްލާހުތައް ވެއްދުމުގެ
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި: ޮއޑިޓް ރިޯޕޓަކީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ރިޯޕޓެއް ކަަމަށް އޭނާ
ވިދާޅުވޭ. -- ފައިލް ޮފޯޓ/ މަޖިލިސް
ބޭނުމަކީ މިކަމަށް [ނިޔާޒުގެ މަގާމު ގެއްލުވާލުން] މަގުފަހިކުރުން ކަން.
...މިހާރު ފާސްކުރި އިސްލާހުތަކާއެކު ވެސް ބައިނަލްއަގުވާމީ ފެންވަރަށް ގާނޫނެއްނުދޭ.
އަދީބާ ގުޅޭ ޮއޑިޓް ރިޯޕޓަށް ބޭނުންވާ ބައެއް މައުލޫމާތު ނުލިބުނު އިރު، އޭގައިޮކށްފައިވާ ތުހްމަތުތަކުގައި ކިހާ ބުރަދަނެއް ހުންނާނެޯތ؟
އޭގައި ލިޔެފައިވާ ޮކންމެ އެއްޗަކީ ދަލީލުޮކށްދޭނެ ލިޔެކިއުން ހުރެގެން ލިޔެފައިވާއެއްޗެހި. ޮއޑިޓަ ޖެނެރަލް ޮއފީހުން ނެރޭ ޮއޑިޓް ރިޯޕޓްތަކަކީ ޯތޯތ ވާހަކައަކަށް،
މީހަކު ކިޔާހާ އެއްޗަކަށް، މީހަކު ކުރާ ޓްވީޓަކަށް ނެރޭ އެއްޗެއް ނޫން.މުއައްސަސާތަކުން ޯހދާ ހެކީގެ މައްޗަށާއި މީހުން ދޭ ބަޔާންތަކަށާއި
ޮއބްޒާވްކުރުންތަކުގެ މައްޗަށް ބަލާފައި ރިޯޕޓް ލިޔަނީ. އެ ނޫން ޮގތަކަށް ނެރެންޏާއަޅުގަނޑުމެން އަމިއްލައަށް ތާށިވާތަން އަންނާނެ. އޭގައި ލިޔެފައިވާ އެއްޗަކީ ހެކި
ހުރި އެއްޗެހި. އަދި ރިޯޕޓްގައި ފާހަގޮަކށްފައިވާ މައްސަލަތަކަށް ވުރެ ޮބޑެތިމައްސަލަތައް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ބައެއް ކަންކަން ވެސް ހެކިނެތިގެން ރިޯޕޓްގައި ނުހިމަނައި ހުންނާނެ. އެއީ މި ފައިސާ ދައުރުވި ޮގތާ
ބެހޮޭގތުން ހުރި ބައެއް ކަންކަން.
ރިޯޕޓްގައި ފާހަގަޮކށްފައިވާ ހުރިހާ ކަންކަމަކީ ވެސް ކުރިން އެނގިގެންބަލާފައިވާ ކަންކަނޯްތ؟
އަޅުގަނޑުމެން ފުރަތަމަ ބެލީ އެމްޕީއެލް އިން ޮޑލަރު ގަތުމަށް ދިން 77 މިލިއަންރުފިޔާގެ މައްސަލަ. އެ މައްސަލައިގެ ތެރެއިން އަޅުގަނޑުމެންނަށް ފެނުނީ
އެމްޓީޑީސީން ދޫޮކށްފައިވާ އެއް މިލިއަން ޮޑލަރުގެ މައްސަލަ ވެސް، އަދި ދ.މާގައުގެ ހެޑް ލީސްގެ ޮގތުގައި އިޓަލީގެ ރައްޔިތަކު ޮމންޓިލިއަން އަށް ދިން 2.25
މިލިއަން ޮޑލަރު ވެސް. އަދި ޓޫރިޒަމް މިނިސްޓްރީގެ ވެރިޔަކަށް ދިންގާތްގަނޑަކަށް ބައި މިލިއަން ރުފިޔާގެ ޮޑލަރުގެ މައްސަލަ ވެސް އެނގުނީ.
ޓޫރިޒަމް މިނިސްޓަރާ ގުޅޭ އިތުރު މައްސަލަތަކެއް އެބަހުރިޯތ؟
އަޅުގަނޑުމެން ވަކި މީހަކަށް އަމާޒޮުކށްގެން ޮއޑިޓެއް ނުކުރަން. އަޅުގަނޑުމެންނަކީޕަބްލިކް ޮވޗްޯޑގް. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ދައުލަތުގެ ފައިސާ
ހިމެނޭ ޮކންމެ ކަމެއްގައި އޭތި ގެއްލުމަކަށް ހުށަހެޅިއްޖެ ޮކންމެ ފަހަރެއްގައިއެކަންކަން ބަލައި ރިޯޕޓްތައް ތައްޔާރުޮކށް ހާމަކުރުން. މިފަހަރުގެ ރިޯޕޓަކީ ވެސް
ވަކި މީހަކަށް އަމާޒުޮކށްގެން ނެރުނު ރޯިޕޓެއް ނޫން. އަޅުގަނޑުމެންގެޕްޮރފެޝަނަލް ޒިންމާއެއް ދައުލަތުގެ ފައިސާ ރަނގަޅު ޮގތުގައި ބޭނުންކުރުމަށްޓަކައި
ކުރަންޖެހޭ ކަންކަން ކުރުން. ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަންޖެހޭކަންތައްތައް ކުރުން. އެއީ އަދީބަކަށް ވީތީ ކުރި ކަމެއް ނޫން. އެތާނގައި އެހެން
މީހަކު ހުރި ނަމަވެސް ޮއޑިޓް ކުރާނަން.
ޓޫރިޒަމް ދާއިރާއާ ގުޅޭ ހާއްސަ އެހެން ޮއޑިޓެއް ކުރިއަށް އެބަ ގެންދަވަންޯތ؟
ރާއްޖޭގެ ރަށްތައް ދޮޫކށްފައިވާ ޮގތާބެހޭ ހާއްސަ ޮއޑިޓެއް އަޅުގަނޑުމެން މިދަނީކުރަމުން. އެކަމަކު އެއަށް ވެސް ވަރަށް ޮބޑެތި ޮގންޖެހުންތައް އެބަހުރި. ޮއޑިޓްތައް
ކުރިއަށް ގެންދެވޭނީ މައުލޫމާތު ލިބިގެން. އެހެން ނޫނީ ދެން ބުނަން ޖެހޭނީމައުލޫމާތު ނުލިބިގެން ޮއޑިޓް ކުރިއަށް ނުގެންދެވިގެން ހުއްޓާލީއޭ.
...ރަށްތަކުގެ ޮއޑިޓްގައި އަޅުގަނޑުމެން އެބަ ބަލަން ވަރަށް ބައިވަރު ރަށްތައް.އެމްޑީޕީ ސަރުކާރު ޮއތް ދުވަސްވަރު ސީއެސްއާރުގެ ދަށުން ދޮޫކށްފައިވާ ރަށްތަކުގެ
މައްސަލަ ވެސް ބަލަން. އޭގެ އިތުރުން ޓޫރިޒަމްގެ ގާނޫނުގެ ދަށުން ޮޖއިންޓްވެންޗާއެއް ހަދައިގެން ދޫޮކށްފައިވާ ރަށްތަކުގެ ކަންކަން ވެސް ބަލަން. އޭގެ ބައެއް
ރަށްތައް އެބަހުރި ސަރުކާރުގެ ފަސް ޕަސެންޓް ދޮޫކށްލާފައި. އެހެންވެއަޅުގަނޑުމެން ޮއޑިޓަރުންގެ ކަމެއް އެ މުއާމަލާތްތައް ހިނގާފައިވާ ޮގތް ބަލައި
ރާއްޖޭގެ ހިތްގައިމު ރިޯސޓެއް: ފަޅުރަށްތައް ދޫޮކށްފައިވާ ޮގތުގެ ހާއްސަ ޮއޑިޓެއް ވެސް ޮއޑިޓަ ޖެނެރަލް ޮއފީހުން ދަނީ ކުރަމުން. --ހަވީރު ފައިލް ޮފޯޓ:
ނަސްރުهللا ޯސލިހު
ރައްޔިތުންނަށް ހާމަކުރުން. އެކަންކަން ބަލަން ފެށީމާ މި އުނދަގޫތައް މިއަންނަނީ.
މި ރިޯޕޓްގެ ކުރިން ޮއޑިޓަ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް މިސަރުކާރުގެ އެއްބާރުލުން ރަނގަޅަށް ލިބުނުޯތ؟
ތެދުތެދަށް ދަންނަވަނީ ނަމަ މި ޮއޑިޓާ ގުޅިގެން ނޫން ޮގތަކަށް ޮބޑު ދަތިތަކެއްކުރިމައްޗެއް ނުވޭ. އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރު އައިސްފައި،
ރައީސް ޮއފީހުން، އެހެން ޮއފީސްތަކަށް އެންގި ޮއޑިޓަ ޖެނެރަލް ޮއފީހަށްއެއްބާރުލުން ދޭން. މައުލޫމާތު ދިނުމާއި ފައިސާއާ ބެހޭ ރޯިޕޓްތައް ވަގުތަށް
ހުށަހެޅުމަށް އެންގި. އެކަމަކު މި ޮއޑިޓާ ޖެހުނީމާ ހީވީ ޮކންނަމުން ޮކންނަމުންޮގސް އާނުގަނޑެއްގައި ޖެހުނުހެން. ދެން އޭތި ޮގއްވާލަން އަޅުގަނޑުމެންނަށް މި
ޖެހުނީ.
ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވޭ، ނިޔާޒު ޮއޑިޓް ކުރައްވައޭ ކުރާ ޓްވީޓަކާގުޅިގެން ވެސް. އެއީ ތެދެއްޯތ؟
އަޅުގަނޑު ޓްވިޓާ އެކައުންޓެއް މި ހުޅުވީ އިހަކަށް ދުވަހު. ފުރަތަމަ ފަހަރަށްޓްވީޓެއް މިއަދު [އާދީއްތަ ދުވަހު] މިކުރީ. ޓްވީޓާގައި ހިނގާ ކަންކަމަކީއަޅުގަނޑަށް އެނގޭ ކަންކަމެއް ނޫން. ނަމަވެސް ދައުލަތުގެ ކަންކަމަށް
ފާރަވެރިވުމަކީ ޮއޑިޓަ ޖެނެރަލް ޮއފީހުގެ މަސްއޫލިއްޔަތެއް. އަދި ޮއޑިޓަ ޖެނެރަލްގެވާޖިބު އަދާކުރުމުގައި މާހައުލުގައި ހިނގާ ކަންކަމަށް ބަލައި ފާރަވެރިވުމަކީ
ކުރަންޖެހޭ ކަމެއް. އެހެންވީމާ އެއީކީ ޮއޑިޓަ ޖެނެރަލް ޮއފީހުން ކުރަން ހެޮޔނުވާވަރުގެ ކަމެއް ނޫން. އަދި ޕްްޮރފެޝަނަލް ޮއޑިޓެއް ކުރާ ކަމުގައި ވަންޏާ ތޫނުފިލިޮކންމެ ޮއޑިޓަރަކު ވެސް ކުރާނެ ކަމެއް، ނޫސްތަކުގައި ލިޔެފައިވާ އެއްޗަކީ ޮކބައިޯތބެލުން. ރައްޔިތުންގެ ފަރާތުން އައިސްފައި ހުރީ ޮކން ކަހަލަ ޝަކުވާއެއޯްތ ބެލުން.
ކުރީ ޒަމާނުގައި ޝަކުވާ ހުށަހަޅާނީ ކަރުދާސޮްކޅަކުން، މި ޒަމާނުގައި ފެންނާނީޓްވިޓާއިން ނުވަތަ ފޭސްބުކުން. އެހެންވީމާ މި ޒަމާނާ އެއްޮގތަށް ޮއޑިޓަރުންގެމަސައްކަތް ވެސް ބަދަލުވާން ޖެހޭ. އަދި ވިސްލްބްޯލވަރުންގެ ވާހަކަތައް ވެސް
އަޑުއަހަން ޖެހޭނެ.
ޮއޑިޓަ ޖެނެރަލްގެ މަސްއޫލިއްޔަތު ނިޔާޒަށް އަދާ ނުކުރެއްވޭ ކަމަށް ޕީޕީއެމްގެބައެއް މެމްބަރުން މަޖިލީހުގެ މާލިއްޔަތު ޮކމިޓީގައި ވެސް ވިދާޅުވި. އެ ވާހަކަށް
ދޭނެ ރައްދަކީ ޮކބައޯިތ؟
ބަހަނާ ދައްކާނެ، މީހަކު ދުއްވާލަން ވެއްޖިއްޔާ. އެއީ ހަގީގަތަކީ. މީގެ ކުރިންއެމްޑީޕީގެ ސަރުކާރުގެ ރިޯޕޓްތައް ނެރުނުއިރު، ވަރަށް ރަނގަޅު، ވަރަށް
ޕޮްރފެޝަނަލް. މިހާރު ކުއްލިއަކަށް ޮއޑިޓަ ޖެނެރަލް ވެއްޖެ އެއްވެސް ތާކުންތާކުނުޖެހޭ އަންޕްޮރފެޝަނަލް، ވަރަށް ޒާތީ މީހަކަށް. އެންމެ ރިޯޕޓެއް މި ސަރުކާރާ
ބެހޭ ޮގތުން މި ނެރުނީ. ދެން ތިބޭފުޅުން ބައްލަވާ އެބޭފުޅުން އެއަށް ރިއެކްޓްކުރިޮގތް.
ޮއޑިޓަ ޖެނެރަލަކީ ޝަކުވާ ޮބޑު ބޭފުޅެއް ކަމަށް ބައެއް ބޭފުޅުން ފާހަގަކުރައްވާ.ހާއްސަޮކށް ފިނޭންސް.
ފިނޭންސް މިނިސްޓްރީ އާއި ޮއޑިޓަ ޖެނެރަލް ޮއފީހާ ދެމެދު ވަރަށްހިތްހަމަނުޖެހުން ޮއތް ކަމަށް ފާހަގަވޭ. އެއީ ކީއްވެޯތ؟
ޝަކުވާ ކުރާނެ ނޫންޯތ؟ ގާނޫނުން ޮއޑިޓަ ޖެނެރަލަށް ދީފައިވާ މިނިވަންކަން ވެސްބޭނުންކުރުމުގެ އިހްތިޔާރެއް އެއްވެސް ސަރުކާރަކުން ޮއޑިޓަ ޖެނެރަލްގެ ޮއފީހަކަށްދީފައެއް ނެތް. ދިވެހިރާއްޖޭގެ ޮއޑިޓް ގާނޫނުގައި ބުނެފައި އެބަޮއތް ޮއޑިޓް ޮއފީހުގެބަޖެޓް މާލިއްޔާއިން ދޫޮކށްދޭން ޖެހޭނެ ކަމަށް. ޮކން ސަރުކާރަކުންޯތ ދޫޮކށްދިނީ؟ދޫޮކށް ނުދޭ ތާނގައި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ތެރެއިން، ބަޖެޓްގައިހުރި މިންވަރަށް ޓްރާންސެކްޝަނެއް ޕޮްރސެސްކުރުމުގެ ފުރުސަތު ދިނީ ޮކން
ސަރުކާރަކުނޯްތ؟ ނުވިތާކަށް ޮއޑިޓަ ޖެނެރަލް ޮއފީހަށް އިހާނެތިޮކށް ހިތި މިންވަރަކީ
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް: ޮއޑިޓަ ޖެނެރަލް ނިޔާޒުގެ މައްޗަށް ނާޒިމުގެ ނުފޫޒު ޯފރުވާ ކަމަށް ކުރާ ތުުހްމަތަކީ ޮދގު ތުހްމަތެއް ކަމަށް
ނިޔާޒު ވިދާޅުވި. -- ހަވީރު ފައިލް ޮފޯޓ
ޮކންމެ އަހަރެއްގެ ވެސް ބަޖެޓް އުނޮިކށްލަނީ އަހާ ވެސް ނުލައި. އަހާ ވެސް ކަހާވެސް ނުލައި. ހަމައެކަނި އަންގަނީ ތިޔަ ޮއފީހުގެ ބަޖެޓުން މިވެނި ވަރަކަށް
ފައިސާ އުނިޮކށްފީމޭ. ޮއޑިޓަ ޖެނެރަލް ނުޖެހޭނެ ފިނޭސް މިނިސްޓަރު ފައިބުޑަށްވެއްޓި 'ޕްލީޒް' ކިޔާފައި އާދޭސްކުރާކަށް.
ޮއޑިޓްކުރުމާ ވަރަށް ޮބޑަށް ގުޅިފައިވާ ކަމެއް ދައުލަތުގެ މާލީ ހިސާބުތައްބެލެހެއްޓުމުގެ ނިޒާމަކީ. އެ ނިޒާމުގައި ހުރީ ޮކން ކަހަލަ ޯދހަޅި ކަމެއްޯތ؟
ޯދހަޅިކަމުގެ ވާހަކަ މިހެން އެއް ކަމަކުން ދެ ކަމަކުން ނިންމާލެވޭނެ ކަމެއް ނޫންއެއީ. މިހާރު ބޭނުންކުރާ ސެޕް ސިސްޓަމް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި
ފުރިހަމައަށް ބޭނުންކުރާކަށް ނުފެއްޓޭ. މިހާރު ހުރީ އެކައުންޓިން ސިސްޓަމެއްނޫން. ޕޭމެންޓް ޖެނެރޭޓްކުރާ ސިސްޓަމެއް. ބެކް ޑޭޓްޮކށް އެތައް މިލިއަން
ރުފިޔާއެއް ޕްޮރސެސް އެބަކުރޭ.
އަދީބު ވެސް ތުހްމަތު ކުރައްވާފައި ވަނީ މިފަހަރުގެ ޮއޑިޓް ރިޯޕޓް ނެރުނީރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމުގެ ނުފޫޒުން ކަމަށް.
ނާޒިމާ ހާއްސަ ގުޅުމެއް ޮއންނަނީޯތ؟
ނާޒިމާ އަޅުގަނޑާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަންهللا ގަންދީ ހުވާޮކށްފައި ވެސް ތިޔަ ބޭފުޅުންނަށް ދަންނަވަން. އެއާ ގުޅިގެން އެ
ބޭފުޅުންނަށް ދެއްކޭނެ އެއްވެސް ހެއްކެއް، ގަރީނާއެއް ޯނންނާނެ. އަޅުގަނޑަށްއެނގޭ ޮކންމެ ސަރުކާރެއް ޮއތަސް އަޅުގަނޑުގެ ޯފން ޯކލްތައް ވެސް އަޑުއަހާނެ
ކަން. ހެކި ލިބިފައި ހުރި ނަމަ މިހާރު ތިބޭނެޯތ؟ ނުތިބޭނެ. ދައްކާނެ. އަޅުގަނޑާއިނާޒިމާ ދެމެދު ކުރެވޭ މުއާމަލާތެއް ޮއތް ނަމަ އެ ބޭފުޅުން ޮއންނާނީ މާ ރަނގަޅަށް
ވެސް ޯހދާފައި. ނުދެއްކޭނެ ހެއްކެއް. ނާޒިމާއި އަޅުގަނޑާ ޮއތް ގުޅުން އަދީބާވެސް ޮއތީ. ނާޒިމާއި އަޅުގަނޑާ ޮއތް ގުޅުން އަޅުގަނޑާ ޔާމީނާ ވެސް ޮއތީ.ޔާމީނާއި ނާޒިމާ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން،
ހާއްސަޮކށް މާލިއްޔަތު ޮކމިޓީގެ މެމްބަރުންގެ ހައިސިއްޔަތުން ޑީލޮްކށްފައި ހުންނާނެ.ވަކިން ހާއްސޮަކށް ނާޒިމަކީ މާލިއްޔަތު ޮކމިޓީގެ ކުރީގެ މުގައްރިރު ކަމަށް ވާތީވެ
ޑީލްކުރުން ހުންނާނެ. އެ ހައިސިއްޔަތުން ނޫން ޮގތަކަށް ކުރި ޑީލްކުރުމެއްޯނންނާނެ.